ބޭންކުގެ މުވައްޒަފަކަށް ހެދިގެން މީހެއްގެ ކޭޝް ކާޑު ހޯދައި، އެ ކާޑުން ވިޔަފާރި ކުރަމުންދިޔަ މީހަކު ހޯދަން ދެ ވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މަކާރާ ހީލަތް ހެދުމުގެ މައްސަލައާ ގުޅިގެން ހޯދުމަށް އިއުލާންކޮށްފައިވާ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް ވަނީ އެދިފަ އެވެ.

މަކަރާއި ހީލަތުގެ އެ މައްސަލައާ ގުޅިގެން ފޮޓޯ އާއި ވީޑިއޯ އާންމުކޮށްފައިވާ މީހާ ހޯދަމުންދަނީ ބޭންކު އޮފް މޯލްޑިވްސް އަށް ކޭޝް ކާޑު ބަލާ ދިޔަ އުމުރުން ދުވަސް ވީ ފިރިހެނަކު ކޭޝް ކާޑު ހިފައިގެން ނުކުތް ވަގުތު އުމުރުން ދުވަސްވީ މީހާ ފަހަތުން ގޮސް އޭނާއަކީ ބޭންކު މީހެއް ކަމަށް ބުނެ އެވެ. އަދި އުމުރުން ދުވަސްވީ މީހާއާ ބޭންކުން ހަވާލު ކުރި ކޭޝް ކާޑަކީ އެހެން މީހެއްގެ ކާޑެއް ކަމަށް ބުނެ އެ ކާޑް އަތުލުމަށް ފަހު އެ މީހާ ވަނީ ފިލާފަ އެވެ. ފުލުހުން ބުނީ އެ ކާޑު ބޭނުންކޮށްގެން ބޮޑެތި ވިޔަފާރިތައްކޮށް އޭޓީއެމްތަކުން ފައިސާ ނަގާ ބޮޑެތި ވިޔަފާރި ކޮށްފައިވާ ކަމަށެވެ.

ކޭޝް ކާޑު "ވަގު" ހޯދުމަށް ފުލުހުން ވަނީ މިދިޔަ މާޗު މަހު ތެރޭ ވެސް އިއުލާންކޮށްފަ އެވެ.

ކޭޝް ކާޑު ވަގަށް ނެގި މީހާ ވިޔަފާރި ކުރި މަންޒަފު ފެންނަ ވީޑިއޯ:
https://www.youtube.com/watch?v=QRjTYt4CuHQ#t=11