15 Jan 2011, 11:50
ދ. މީދޫގައި ކުޑަ ފިރިހެން ކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަމުން އައި ކަމުގެ ތުހުމަތުގައި އެ ރަށު އިސްލާމް ޓީޗަކަރު ހައްޔަރުކޮށްފި އެވެ.
ދ. ކުޑުހުވަދޫ ޕޮލިސްޓޭޝަނުން ވެސް ވަނީ މިކަން ސަންއަށް ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ ކުޑަކުއްޖަކާއެކު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އުމުރުން 27 އަހަރުގެ މީހަކު މީދޫއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި ބުނީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ހައްޔަރުކޮށްފައި ވަނީ އެ ރަށު ސްކޫލްގެ ޓީޗަރެއް ކަމަށެވެ. ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ އިސްލާމް ޓީޗަރެވެ. އޭނާއަކީ ފިރިހެނެކެވެ.
މީދޫ އިން ވާހަކަދެއްކި މީހަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނީ، ހައްޔަރުކުރި އިސްލާމް ޓީޗަރު، ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ އެ ޓީޗަރާއި އާއިލީ ގޮތުން ވެސް ގުޅުން އޮންނަ ކުއްޖަކާ ކަމަށެވެ. އެ މައްސަލަ ފެންމަތިވީ އެ ކުއްޖާ އިތުރު އެހެން އަންހެން ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލް ހިންގަން މަސައްކަތް ކުރި ހިސާބުން ކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
"އިސްލާމް ޓީޗަރަކު އެ ކުއްޖާއާ އެކު އެ ކަންތައް ގަނޑު )ބަދުއަހުލާގީ އަމަލު( ހިންގަމުން އަންނަތާ ކިތަންމެ ދުވަހެއް ވެއްޖެ. އެ މައްސަލަ އަސްލު ފެންމަތިވީ އޭނާ ބެހެމުން އައި )ބަދުއަހުލާގީ އަމަލް ހިންގަމުންއައި( ކުއްޖާ، އެހެން އަންހެން ކުއްޖަކާ އެކު އެ ކަންތައްގަނޑު ފަށަން އުޅެނިކޮށް. އެ މައްސަލަ އެ ފިރިހެން ކުއްޖާގެ އާއިލާގެ ތެރޭގައި ފެންމަތިވުމުން، އޭނާ ކިޔައިދިނީ އިސްލާމް ޓީޗަރު ވެސް އޭނާއާއެކު އެ ކަންތައް ކުރާ ކަމަށް." މީދޫއިން ވާހަކަދެއްކި މީހަކު ކިޔައިދި ނެވެ.