ހެލްތު މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޔަން ކުރައްވާފައިވާ ޑރ. މަރިޔަމް ޝަކީލާއަށް ރުހުން ނުދިނުމަށް ތްރީ ލައިން ވިޕެއް ނެރިފި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ދާދި ދެންމެ ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުގައި ޝަކީލާ އަށް ރުހުން ނުދިނުމަށް ނިންމީ 30 މެމްބަރުންގެ ވޯޓުން ކަމަށެވެ. އެ ބައްދަލުވުމުގައި 38 މެމްބަރުން ބައިވެރިކަމަށް އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ކަމަށް ޝަކިލާ އައްޔަން ކުރުމާއިމެދު ފެންނަ ގޮތެއް ބެލުމަށް ވޯޓު ނެގުން އޮތީ މިއަދު 1:30ގަ އެވެ.