11 Aug 2014, 01:31
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން އިސްނަގައިގެން ހިންގާ ސޯޝަލް މީޑިއާގައި ހޮސްޕިޓަލިޓީ އިންޑަސްޓްރީ މާކެޓް ކުރުމާބެހޭ ޓްރެއިނިން ސެމިނާރެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްސީކުއާ ރެންސް އެންޑް ޖޯންސް އާއި ގުޅިގެން "ސޯޝަލް މީޑިއާ މާކެޓިން އެންޑް އޮންލައިން ބްރޭންޑިން ފޯ ދަ ހޮސްޕިޓަލިޓީ އިންޑަސްޓްރީ" ގެ ނަމުގައި ކުރިޔަށް ގެންދާ އެ ޓްރެއިނިން ސެމިނާރުގައި ބައިވެރިވުމުގެ ފުރުސަތު ޓްރެވަލް އެޖެންސީތަކުގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.
އެގޮތުން އެ ޓްރެއިނިން ސެމިނާރުގައި ހޮސްޕިޓަލިޓީގެ މާކެޓިން، ސޯޝަލް މީޑިއާއަށް ވަންނަން ޖެހެނީ ކީއްވެ ކަމާއި އެކި ދާއިރާތަކުން އެކި ބްރޭންޑްތަށް ޕްރޮމޯޓް ކުރާނެގޮތް އެ ޕްރޮގްރާމްގައި ކިޔައި ދޭނެ ކަަމަށް ބަޔާނުގައި ވެއެވެ.
މާކެޓް ކުރުމަށް އެންމެ ރަނގަޅު ސޯޝަލް މީޑިއާއަކީ ކޮބައިކަން އެ ސެމިނާރުން އެނގިގެން ދާނެ ކަމަށާއި ފޭސްބުކް ނުވަތަ ޓްވިޓާ ފަދަ ވަސީލަތްތަށް ބޭނުންކޮށްގެން މާކެޓް ކުރާނެ ގޮތްތަކަށް ވެސް ސެމިނާރުގައި ބޮޑަށް އަލި އަޅުވާލާނެ ކަމަށް މަޓާޓޯ އިން ބުންޏެވެ.
މަޓާޓޯއިން ބުނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަށް ގުޅިގެން އެފަދަ ޓްރެއިނިންގް ސެމިނާރެއްގައި ބައިވެރިވުމުން އޭގެ ފައިދާ ފަތުރުވެރި ކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން ފަތުރުވެރި ކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ބޭނުންވާ ކަންކަން އެ ޓްރެއިނިން ސެމިނާރުގެ ސަބަބުން އެނގިގެންދާނެ ކަމަށް ވެސް މަޓާޓޯ އިން ބުންޏެވެ.
މިމަހު 28 ގައި ނަސަންދުރަ ޕެލަސް ހޮޓެލްގައި ކުރިޔަށް ގެންދާ އެ ޓްރެއިނިންގް ޕްރޮމްގްރާމްގައި ބައިވެރިވުމަށް[email protected]އަށް ބައިވެރިވާން އެދޭކަން އީމެއިލް ކޮށްލުމުން ނުވަތަ 9903674 އަށް ގުޅާލުމުން މައުލޫމާތު ލިބޭނެ ކަމަށާއި ކުރިޔަށް އޮތް ތާގައި ވެސް އެފަދަ ޓްރެއިނިން ޕްރޮގްރާމްތަށް ކުރިޔަށް ގެންދާނެ ކަމަށް މަޓާޓޯ އިން ބުންޏެވެ.