އދ. މަހިބަދޫ ރަށު ކައުންސިލަށް ކުރިމަތިލާފައިވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި އެވެ.

ސަން އޮންލައިނަށް ޔަގީންވެފައިވާ ގޮތުގައި މަހިބަދޫ ރަށު ކައުންސިލަށް ކުރިމަތިލާފައިވާ އެރަށު ހުޅަނގުގޭ، މުހައްމަދު ނިހާލް މަސްތުވާތަކެތީގެ މައްސަލައެެއްގައި ހައްޔަރު ކުރީ މިދިޔަ ހަފުތާގަ އެވެ. އެކަމަކު މިހާރު އޭނާ ވަނީ ދޫކޮށްލާފައި ކަމަށްވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ބައެއް ފަރާތްތަކުގެ ޝަރުތު ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ދަނީ އެ ފަރާތްތަކުގެ ނަން ބާތިލް ކުރަމުންނެވެ. މީގެ ތެރޭގައި ބޮޑު ދެ ޕާޓީގެ ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނެފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެފައިވާ މީހެއް ނަމަ އެމީހަކަށް ކައުންސިލް އިންތިހާބަށް ވާދަ ނުކުރެވޭނެ ކަމަށެވެ.