ޤައުމީ ވޮލީބޯޅަ ލީގު ފުރަތަމަ ޑިވިޝަނުގެ ފުރަތަމަ ބުރުގައި ސްޕޯޓްސް ކްލަބު ސިޓީ އަތުން ޕޮލިސް ކްލަބު ފަސޭހަކަމާ އެކު މޮޅުވެއްޖެ އެވެ.

ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ޕޮލިސް ކުލަބުން ކަމިޔާބުކޮށްފައި ވަނީ ސްޕޯޓްސް ކުލަބު ސިޓީއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

މެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 19-25، 20-25 އަދި 17-25 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ ޕޮލިސް ކުލަބުގެ އިޝާާން މުހައްމަދެވެ.

މި މަހުގެ 4 އިން 12 އަށް ކުރިއަށްދާ ޤައުމީ ވޮލީބޯޅަ ލީގު ފުރަތަމަ ޑިވިޝަންގެ ފުރަތަމަ ބުރުގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗާއި ދެވަނަ މެޗު ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ރޭ ކުޅުނު މެޗަކީ މި މުބާރާތުގައި އެ ކްލަބު ކުޅުނު ތިން ވަނަ މެޗެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ޔޫތު ސްޕޯޓްސް ކްލަބެވެ.