31 Mar 2010, 10:56
14:30
މުޖްތަމަޢުގައި ހިނގާ ނޭދެވޭ ޢަމަލުތަކުގައި އަންހެނުންގެ ހައްގުތަކަށާއި ކުޑަކުދިންގެ ކަރާމާތަށް ސީދާކޮށްނާއި ނުސީދާކޮށް ނަމަވެސް އަސަރުކުރަމުންދާ ކަމަށް ބުނެ، ޖެންޑަރ ޑިޕާޓްމަންޓުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމެލީ ޕްރޮޓެކްޝަން ސާރވިސަސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކުޑަކުދިންނަށް ދަސްވާނީ އެކުދިން އުޅެ ހެދިބޮޑުވާ މާހައުލަކުން ދަސްވާ ކަންތައްތަކަށް ވާއިރު އެކުދިންގެ މާހައުލުން ތަފާތު ކުރުމާއި، މާރާމާރީއާ އަނިޔާވެރިކަމުގެ މަންޒަރުތައް ފެނި ތަޖްރިބާ ކުރަމުންދާނަމަ އެކުދިންގެ އުޅުމުން އެކަންތައް ފެންނަމުންދާނެ ކަމަށް ވެސް އެބަޔާނުގައިވެ އެވެ. އަދި މިހާރުވެސް އެފަދަ އަނިޔާވެރި ޢަމަލުތައް ކުރުމުގައި ކުޑަކުދިން ބައިވެރިވަމުންދާ ކަމުގެ ރިޕޯޓް އިތުރުވަމުންދާ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި އަންހެނުންނާ މެދު ކުރާ އިންސާނިއްޔަތާ ޚިލާފް ޢަމަލުތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން ފާހަގަކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށް ޖެންޑަރ ޑިޕާޓްމަންޓުގެ ބަޔާނުގައި ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެފަދަ ކަންތައްތައް ހުއްޓުވުމަށް ހުރިހާ މުއައްސަސާއަކާއި އަމިއްލަ ފަރުދުން ވެސް މަސައްކަތް ކޮށްދިނުމަށް ވަނީ އެބަޔާނުގައި އެދިފަ އެވެ.