10 Aug 2014, 00:15
އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ހޯދުމަށް ދިވެހި މީޑިއާތައް އިސްނަގައިގެން ކުރިއަށްގެންދާ ޓެލެތޯން ހަރަކާތް އިތުރު ތިން ގަޑިއިރަށް އިތުރުކޮށްފި އެވެ.
އިއްޔެ މެންދުރުފަހު 2:30 ގައި ފެށި ޓެލެތޯން ހަރަކާތް ކުރިއަށް ގެންދަން ކުރިން ހަމަޖައްސާފައި ވަނީ މިރޭ 12:00އާ ހަމައަށެވެ.
ޓެލެތޯންގެ މީޑިއާ ކޯޑިނޭޓަރު އަހްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، ޓެލެތޯންގެ ހަރަކާތް މިރޭ ނިމުނު ކަމުގައި ވިޔަސް މި ހަފްތާ ނިމެންދެން ފަންޑަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި އެކި މުއައްސަސާތަކުން ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ފައިސާ ބަލައިގަތުމުގެ މަސައްކަތް މި ހަފްތާ ނިމެންދެން ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓެލެތޯން ހަރަކާތަށް މިހާތަނަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.