09 Aug 2014, 22:36
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުނަށް އެހީތެރިވުމަށް ދިވެހި މީޑިއާ ތަކުން އިސް ނަގައިގެން ހިންގަމުންދާ ހެލްޕް ގަޒާ ޓެލްތޯން ފަންޑައް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ އެއް މަހުގެ މުސާރަ ހަދިޔާ ކުރުމަށް ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވީ ރައީސް ޔާމިންގެ އެއް މަހުގެ މުސާރަ ގަޒާ ފަންޑަށް ހަދިޔާ ކުރުމަށް ނިންމަވާފައިވާއިރު އެމަނިކުފާނު އަނބިކަބަލުންވެސް އެ ފަންޑަށް އެހީ ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އެއް މަހުގެ މުސާރައިގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ވެސް ގާޒާ ފަންޑަށް އެހީތެރިވެދިނުމަށް ވަނީ ނިންމަވާފައި،" މުއާޒު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އަކީ 100،000ރ. ކަމުގައި ވިޔަސް އެމަނިކުފާނު ކޮންމެ މަހަކު ނަންގަވަނީ 50،000ރ. އެވެ.
އެސްޓީއޯ އާއި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީގެ ނަންފުޅުގައި ދެ ޓީޝާޓު ގަތުމަށްފަހު އެ ދެ ކަނބަލުންނަށް އަރުވާފަ އެވެ. އެ ރަސްމިއްޔާތު އޮތީ މިރޭ މުލީއާގޭގަ އެވެ.
ގާޒާ ފަންޑަށް މިހާތަނަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ