09 Aug 2014, 21:27
މިހާރު ކުރިއަށްދާ 23 ވަނަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލްގެ ފަހު ޖާގަ ކްލަބް އިމިގްރޭޝަން ހޯދައިފި އެވެ.
އިމިގްރޭޝަނުން ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ސްޓާ) އާއި ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މިއަދުގެ މެޗުގެ ސެޓުތަށް އިމިގްރޭޝަން އިން ކާމިޔާބުކުރީ 25-23، 25-23، އަދި 25-14 އިން ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ އިމިގްރޭޝަންގެ މަރިޔަމް އަޒީފާ އަށެވެ.
މުބާރަތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދާފައި ވަނީ ޕޮލިސް ކުލަބުންނެވެ. ޕޮލިސް ފައިނަލްގެ ޖާގަ ހީދީ ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (އެސްޓީއޭ) އާ ވާދަކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުގެ ރޭ 8:30 ގައި ޒުވާނުންގެ މަރުކަޒުގަ އެވެ.