ދިވެހިރާއްޖެ އިން ‏ޗައިނާ އަށް ކަނޑައަޅާ ސަފީރުކަމަށް، ގަލޮޅު ދެކެނަންފަރުގޭ ‏‏ޑރ. މުޙައްމަދު ފައިޞަލް އައްޔަން ކުރަން ފެންނަ ކަަމަށް ކޮމެޓީން ފާސްކޮށްފި އެވެ.

ޑރ ފައިސްލަށް އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ގައުމީ ސަލާމަތު ކޮމެޓީން ފާސްކޮށްފައި ވަނީ ބުދަ ދުވަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގަ އެވެ. އެ ގޮތަށް ފާސްކޮށްފައި ވަނީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

ފައިސަލް ސަފީރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ.

ޑރ. ފައިސަލަކީ، ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަސިޓީ އޮފް ‏‏ވެލިންގްޓަން އިން ‏‏ޑިވެލޮމްޕަންޓް ސްޓަޑީޒްގެ ރޮނގުން ‏ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ‏‏ބޭފުޅެކެވެ.‏‏