ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ލެޕްޓޮޕެއް ހޯދައި 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ލެޕްޓޮޕް ހޯދާފައިވަނީ ވިލިމާލެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 11:40 އެހައިކަންހާއިރު އާންމުފަރާތަކުން ވިލިމާލެ ޕޮލިސްސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެ ލެޕްޓޮޕް ހޯދާފައިވަނީ އެވަގުތު ފެރީއަކުން މާލެ އައި މީހެއްގެ އަތުން ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލަ ވިލިމާލޭ ޕޮލިސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.