ގައުމީ ވޮލީ ބޯޅަ ލީގު ގައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ކުޅުނު ދެވަނަ މެޗްގައި ޔޫތު ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް ސީދާ ތިން ސެޓުން ޑީއެސްސީ ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓްގައި މިރޭ ކުޅެވުނު މި މެޗުގެ ފުރަތަމަ ސެޓް ދިވެހި ސިފައިން ކްލަބުން ގެންދިޔައީ 14 - 25 އިންނެވެ. އަދި ދެވަނަ ސެޓް 15 - 25 އިން ގެންދިޔައިރު ތިންވަނަ ސެޓް ގެންގޮސްފައިވަނީ 13 - 25 އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޑީއެސްސީގެ ކެޕްޓަން ޖާޒީ ނަންބަރު 10 އަހްމަދު އަބްދުލް ކަރީމެވެ.

މިމުބާރާތުގައި ޑީއެސްސީ ކުޅޭ މެޗެއް ދެން އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭގައެވެ. އެ މެޗްގައި ބައްދަލުކުރާނީ ސްޕޯޓްސް ކްލަބު ސިޓީއާއި ޑީއެސްސީ އެވެ.