09 Aug 2014, 02:42
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ގދ. ތިނަދޫން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އާންމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 10:50 ހާއިރު ކުށުގެވެށިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހާ އަންހެންކުއްޖާއާ އެކު ތަކުރާރުކޮށް ބަދުއަޚުލާގީ އަމަލު ހިންގަމުން ގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ އަކީ މީގެކުރިން ވެސް ތަފާތު އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.