ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް މީޑިއާގެ ފަރާތްތައް ގުޅިގެން ކުރިއަށް ގެންދާ ޓެލެތޯންގައި މުނިފޫހި ފިލުވުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާނެ ކަމަށް އެ ޓެލެތޯންގެ ސްޓީއަރިން ކޮމިޓީން ބުނެފި އެވެ.

ޓެލެތޯންގެ ސްޓީއަރިން ކޮމިޓީގެ އޮފިޝަލަކު ވިދާޅުވީ، ޣާޒާ އަށް އެހީވުމަށް މީޑިއާ އިސްވެ އޮވެ 33 ގަޑިއިރަށް ކުރިއަށް ގެންދާ ހަރަކާތުގައި މުނިފޫހި ފިލުވުމާއި ބޮޑުބެރު ޖެހުމާއި އެބާވަތުގެ އެއްވެސް ހަރަކާތެއް ނުހިމެނޭނެ ކަމަށެވެ.

މީިޑިއާގެ ފަރާތްތަކުން ކުރިއަށް ގެންދާ ޓެލެތޯންގައި އެހީ ހޯދުމަށް ހަމަޖެހިފައި ވަނީ ފަންޑު ފޮށިތައް ބަހައްޓައިގެންނާއި ޓީޝާޓު ފަދަ ތަކެތި ވިއްކައިގެނެވެ. އަދި ޓެލެތޯންގައި ވިޔަފާރިތައް އިސްތިހާރު ކުރުމަށް ކުންފުނިތަކުން ކުރާ ސްޕޮންސާ އިންނެވެ. ފަންޑަށް ފައިސާ ހޯދުމަށް ޖަމްބަލް ސޭލްވެސް އަންނަނީ ހިންގަމުންނެވެ.

ޣާޒާ އަށް އެހީވުމަށް ބައެއް ފަރާތްތަކުން ބޮޑުބެރު ޖެހުމާއި މުނިފޫހި ފިލުވުމުގެ ތަފާތު ހަރަކާތްތައް މާލޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާތީ އެކަމާ ގުޅިގެން ޝައިހް އާދަމް ޝަމީމް ވިދާޅުވެފައި ވަނީ "ޣާޒާ ފަންޑަށް އެހީވުމަށް ބެރުޖެހުމާއި މިއުޒިކް ކުޅުންފަދަ ހަރާމް އެއްވެސް ހަރަކާތެއް" ކުރިއަށް ނުގެންދިޔުމަށް ހުރިހާ ދިވެހީންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.