1.6 މިލިއަން މީހުން ދިރިއުޅޭ ދެކުނު އޭޝިޔާގައި ޕާކިސްތާނަކީ އެތައް ގޮތަކުން ގަދަ ބާރެކެވެ. ސިޔާސީ ގޮތުންނާއި ކުޅިވަރުގެ މައިދާނުގައިވެސްމެ އެވެ. ހާއްސަކޮށް ކްރިކެޓްގަ އެވެ. ނަމަވެސް ކްރިކެޓް ވޯލްޑް ކަޕަށް މަހަކަށްވީއިރު އެ ގައުމުގެ ކްރިކެޓް އޮތީ ރިޝްވަތުގެ ތުހުމަތުގެ ތެރޭގަ އެވެ.

އޯޕަނިން ބެޓްސްމަން ސަލްމާން ބަޓް އާއި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޔޫސުފް އަދި މުހައްމަދު އާމިރުގެ މައްޗަށް ކޮށްފައިވަނީ ނޯބޯލްސް ހަދައިގެން މެޗު ދޫކޮށްލި ކަމުގެ ތުހުމަތެވެ. މި ތުހުމަތުގައި ދެން ޝައްކު ކުރެވެނީ ވިކެޓް ކީޕަރު ކަމްރަން އަކްމަލް އަށާއި ކެނިޝް ކަނޭރާ އަށެވެ. މިހެންމެ މި ފަސް ކުޅުންތެރިން ޓީމަށް ނުނަގަން އެންގީ ހުދު ބައިނަލް އަގްވާމީ ކްރިކެޓްގެ މައިއިދާރާއިންނެވެ. މި މައްސަލަ ބޮޑަށް ހޫނުވީ ޓީމުގެ ކޯޗު ވަގާރު ޔޫނުސް ކުޅުންތެރިންގެ އުކުމަށް ފާޑުކިޔައި އަދި ބައެއް ކުޅުންތެރިން އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް ތުހުމަތު ކުރަން ފެށި ހިސާބުންނެވެ. އަދި އަނެއްް ބައި ކުޅުންތެރިން ޓުވިޓާ ފަދަ ވަސީލަތްތަކުގައި ކާކުކަން ނޭނގޭ މީހުންނާއެކު ކުރި މުއާމަލާތުތަކުނެނެވެ. ނަމަވެސް އަކްމަލް އާއި ކަނޭރާ އަށް މިހާރު ވަނީ ސްކޮޑުން ޖާގަ ދީފަ އެވެ. އަނެއް ތިން ކުޅުންތެރިންގެ ޝަރީއަތް ގަތަރުގައި މިދިޔަ ބުރާސްފަތި ދުވަހު ނިމުނު ނަމަވެސް ހުކުމް އިއްވުން ވަނީ ފަސްކޮށްފަ އެވެ. މިހެންވެ ވޯލްޑް ކަޕުގައި ނުކުޅެވޭނީ ކިތައް ކުޅުންތެރިންނަށް ކަމެއްް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.

ޕާކިސްތާނުގެ ކުރީގެ ކެޕްޓަން ވަސީމް އަކުރަމާއި އިމްރާހާން ގަބޫލު ކުރާ ގޮތުގައި މިހާރު ޓީމުގައި އިސްނަގާނެ ކުޅުންތެރިއަކު ވެސް ނެތެވެ. މިހާރުގެ ކެޕްޓަން ޝާހިދު އަފްރީދީ އަށް ހުރިހާ ކުޅުންތެރިން އެކީގައި ގެންގުޅެން ނޭނގޭ ކަމަށް އެ ކުޅުންތެރިން ބުނެ އެވެ. މިފާޑުކިއުންތަކާހުރެ ވޯލްޑް ކަޕް ކެޕްޓަންކަން އަފްރީދީ އަށް ދިނުމާމެދު ޕާކިސްތާނުގެ އޮފިޝަލުންގެ ތެރޭގައި މިހާރު ދަނީ ހޫނުކޮށް ބަހުސް ކުރެވެމުންނެވެ.

ގައުމުގެ ހާލަތު ކޮންމެ ގޮތަކަށް އޮތްނަމަވެސް ޕާކިސްތާނަށް ވޯލްޑް ކަޕުން މިންނެތް ފައިދާތަކެއް ލިބޭނެ އެވެ. އެއީ އެ ގައުމުގައި މެޗުތައް ނުކުޅުނަސް މުބާރާތް ބާއްވާ ގައުމުތަކަށްދޭން ނިންމައިފައިވާ ހުރިހާ އިނާޔަތްތަކެއް ބައިނަލް އަގްވާމީ ކްރިކެޓް ދޭން ނިންމުމުންނެވެ. ސަބަބަކީ ލަންކާ އާއި އިންޑިޔާ އަދި ބަނގްލާދޭޝްގައި ފެބްރުއަރީ 19 އިން އޭޕްރީލް 2 އަށް ބާއްވާ މުބާރާތުގެ މެޗުތައް ކުޅެން ޕާކިސްތާނު ހަމަޖައްސައި ވަކި ހިސާބަކުން އެ ނިންމުން ބަދަލު ކުރުމުނެވެ. ޕާކިސްތާނުގައި މެޗުތައް ކުޅެން ކުރިން ނިންމީ ލަންކާގެ އެތެރޭގެ މައްސަލަތައް ހައްދުފަހަނައަޅައި ޓެރަރިސްޓުންގެ ބިރު ބޮޑުވުމުންނެވެ. ފަހުން އެ ނިންމުން ބަދަލުކުރީ ލަންކާ ޓީމު ޕާކިސްތާނަށް މެޗު ކުޅެން ނުދާނެ ކަމަށް ބުނުމުންނެވެ.

ކްރިކެޓްގެ އެންމެ ގަދަ 16 ގައުމުގެ މެދުގައި ކުޅޭ ވޯލްޑް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އޮސްޓްރޭލިޔާ އެވެ. މި ސަރަހައްދުން ކްރިކެޓް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ލަންކާ އާއި އިންޑިޔާ އަދި ޕާކިސްތާނެވެ.