އިސްރާއީލުގެ އުދުވާނުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހައުސިންގް ޑިވެލޮޕްމެންޑް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންގެ މުސާރައިން ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާ "ހެލްފް ގާޒާ" ފަންޑަށް ހަދިޔާކުރަން ނިންމާފައި ވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޯޕަރޭޝަނުގެ 396 މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައިގެ އިތުރުން، ބައެއް މުވައްޒަފުންގެ ދީލަތި އެހީތެރިކަން އެކަމަށް ލިބިފައިވާ ކަމަށެވެ.

އެޗްޑީސީގެ ނޫސްބަޔާނުގައި ބުނީ، އެ ކޯޕަރޭޝަނުގެ މުވައްޒަފުންގެ ފަރާތުން ޖުމްލަ 2،45،524.42 ރުފިޔާ "ހެލްޕް ގާޒާ" ޓެލެތޯންއާ ހަވާލުކުރާނެ ކަމަށެވެ. އަދި މުވައްޒަފުންގެ އަތުން ލިބުނު ފައިސާ އާއި އެއްވަރުގެ އަދަދެއް އެ ކޯޕަރޭޝަނުން ވެސް ވަނީ އެ ފަންޑަށް ދިނުމަށް ނިންމައިފަ އެވެ.

މީޑިއާގެ ފަރާތްތަކުން އިސްނަގައިގެން ކުރިއަށްގެންދާ ޓެލެތޯނަށް އެކި ކުންފުނިތަކާއި ސިޔާސީ ޕާޓީތަކުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން ދަނީ އެހީ ފޯރުކޮށްދެމުންނެވެ.