ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުޙަންމަދު ޖަމީލު އަޙްމަދު، ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ހުވަދުއަތޮޅު އުތުރުބުރީ މާމެންދުއަށާއި، ކަނޑުހުޅުދުއަށާއި، ދާންދުއަށާއި، ނިލަންދުއަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.