ހުޅުމާލޭ ބޭރުގައި އޮތް ކަންނެލި ބޯޓެއްގައި ދެ ބިދޭސީއަކު ހިންގި މާރާމާރީއެއްގައި އޭގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމު ކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ، ހުޅުމާލޭ ފަޅުން ބޭރުގައި އޮތް ކަންނެލި ގަންނަ ބޯޓެއްގައި މިއަދު ހެނދުނު މާރާމާރީ ހިންގާފައި ވަނީ، ބަނގުލަދޭޝްގެ ރައްޔިތަކާއި އިންޑޮނީޝިއާގެ ރައްޔިތެއް ކަމަށެވެ. އަދި އެ މާރާމާރީގައި އިންޑޮނޭޝިއާ މީހާ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ބަނގުލަދޭޝް މީހާގެ ބުރަކަށީގެ ކަނާތްފަރާތުން ދެ އިންޗި ފުން މިނުގެ ޒަހަމެއް ވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޒަހަމުވި މީހާއަށް މިހާރު ހުޅުމާޅޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

އަދި އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.