ސޮނީ ބްރޭންޑުގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ، ރީފްސައިޑުން ހައިސެންސް ޓީވީ އަށް ހާއްސަކޮށް "ހައިސެންސް ސުޕާ ޕްރޮމޯޝަން"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޕްރޮމޯޝަން ފެށުމުގެ ގޮތުން ރީފްސައިޑް އިލެކްޓްރޯނިކްސްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފިހާރައިގެ މެނޭޖަރު އިބްރާހިމް ފައިސަލް ވިދާޅުވީ މިއަދު ފެށި ޕްރޮމޯޝަންގެ ދަށުން ހައިސެންސް ޓީވީގެ ތަފާތު މޮޑެލްތަށް ހާއްސަ އަގުތަކެއްގައި އެ ކުންފުނީގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށެވެ.

އެގޮތުން 32،500 ރުފިޔާއަށް ވިއްކި 65 އިންޗީގެ ހައިސެންސް ޓީވީ އެއް ޕްރޮމޯޝަންގެ ދަށުން 31000 ރުފިޔާ އަށް ލިބެން ހުންނާނެ ކަމަށާއި 50 އިންޗީގެ ޓީވީ އެއް 18200 ރުފިޔާއަށް ލިބޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި 42 އިންޗީގެ ޓީވީއެއް 8000 ރުފިޔާ އަށް ލިބެން ހުރި އިރު 32 އިންޗީގެ ޓީވީ އެއް 5000 ރުފިޔާ އަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ހަތަރު މޮޑެލްގެ ތެރެއިން 65 އިންޗި އާއި 50 އިންޗީގެ ޓީވީއަކީ "އިންޓަނެޓް ތުރީޑީ" މޮޑެލްތަކެއް ކަމަށް ފައިސަލް ވިދާޅުވި އެވެ. އެގޮތުން 50 އިންޗީގެ ޓީވީގައި ތުރީޑީ ޑިސްޕްލޭއެއް އިންނަ އިރު އިންޓަނެޓާއި ވައިފައި ބޭނުންކުރެވޭނެ ކަމަށާއި ވައިފައި ބޭނުންކޮށްގެން އެ ޓީވީ އިން ޕްލޭސްޓޯރަށް ވަދެ އެންޑްރޮއިޑް ގޭމްތަށް ޓީވީއަށް ޑައުންލޯޑް ކުރެވޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އޭގެ އިތުރުން 65 އިންޗިއާއި 50 އިންޗީގެ ޓީވީގައި ފަސް ޖީބީ އިންޓާނަލް މެމޮރީ ހިމެނޭނެ އިރު 65 އިންޗީގެ ޓީވީއާއި އެކު ދެ ތްރީޑީ ގްލާސް ލިބެ އެވެ. އަދި 50 އިންޗީގެ ޓީވީއަށް ދެ ތްރީޑީ ގްލާސްގެ އިތުރުން ފާރުގައި ހަރުކުރާ ބްރެކެޓް ހިލޭ ލިބޭ އިރު 42 އިންޗިއާއި 32 އިންޗީގެ ޓީވީއާއި އެކު ފާރުގައި ހަރުކުރާ ބްރެކެޓް ހިލޭ ލިބެއެވެ.

ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.