ކީރިތި ގުރުއާނާ ބެހޭ މަރުކަޒާއި ހައްޖު ކޯޕަރޭޝަނުން ގާޒާ ފަންޑަށް އެހީވުމަށް ވުމަށް ނިންމައިި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒާ ހަވާލުވެހުންނެވި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ އިދާރާގައި މަސައްކަތް ކުރައްވާ 40 މުއައްޒިފުންގެ ދެ ދުވަހުގެ މުސާރަ ގައްޒާ ފަންޑަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަން އިން ބުނީ އެކޯޕަރޭޝަންގެ މުއައްޒަފުން ވެސް އެކަށީގެންވާ ވަރަކަށް ގާޒާ ފަންޑަށް އެހީވުމަށް ނިންމާފައިވާ ކަމަށެވެ.

އެ ދެ އިދާރާއިން ވެސް އެހީގެ ގޮތުގައި ދެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ދިވެހި މީޑިއާތައް ގުޅިގެން ބާއްވާ ޓެލެތޯން ފެށުމަށް ނިންމާފައި ވަނީ މާދަމާ އެވެ. އެ ފަންޑަށް ގިނަ ބަޔަކު ވަނީ ފައިސާ ހަދިޔާ ކުރަން ނިންމާފަ އެވެ.