07 Aug 2014, 18:34
ކ. ތުލުސްދޫ ބިޖިލީއުފާ، އަލީ ޝިހާމް،34، މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝިހާމް މަރާލި ކަމަށް އިއުތިރާފުވެފައިވާ ކ. ތުލުސްދޫ، ރެޑްރޯސް މުހައްމަދު ނިޔާޒު،34، ގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިއަދު ކަމަށެވެ.
ވަޅިން ހަމަލާދީ ޝިހާމް މަރާލާފައި ވަނީ މިދިޔަ މަހުގެ 31 ވަނ ދުވަހުގެ ރޭ 7:00 އެހައިކަންހާއިރު، އޭނާގެ ގެއާދިމާލު އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އޮއްވައެވެވެ.
ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުއްރައްޒާގު އަލީ ވިދާޅުވީ ޝިހާމް ޖޯއްޔަށް ދިޔައީ ރޯދަވީއްލުމަށްފަހު ކަމަށާއި ޝިހާމް ބާރަށް ހަޅޭލައްވައިގަތް އަޑަށް އެތަނަށް އޭނާގެ އާއިލާގެ މީހުން ދިޔައިރު ތޫނުއެއްޗަކުން ހަމަލާދިނުމުން އޭނާ އޮތީ ލެއިން ފޯވެފައި ކަމަށެވެ.
ޝިހާމަކީ ތުލުސްދޫ މީހަކާ އިނދެގެން އެރަށުގައި ވަޒަންވެރިވެގެން އުޅޭ ތ. ކިނބިދޫ އަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ މަރާލި ކަމަށް އިއުތިރާފުވި ނިޔާޒަކީ އެރަށުގައި ވަޒަންވެރިވެގެން އުޅޭ މާލޭ މީހެކެވެ.