07 Aug 2014, 17:59
ސުޕްރީމް ކޯޓުން ހިންގާ ތީމުގޭ ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ އެވެ.
އަލިފާން ރޯވީ އާބުރުރުހިނގުމާއި ފުއްކަފަކޯޅީ ކަންމަތީގައި ހުރި ގުދަނެއްގަ އެވެ. އެ ގުދަނުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިމުނުއިރު، އެތަނުގެ އެތެރޭގައި ހުރިތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.
އެތަނުގައި ފުލުހުންގެ ތަހުގީގު ޓީމަކާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ހާދިސާހައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.