ޤައުމީ ވޮލީބޯޅަ ލީގު ފުރަތަމަ ޑިވިޝަނުގެ ފުރަތަމަ ބުރުގައި ޕޮލިސް ކުލަބްގެ ފިރިހެން ޓީމު ކުޅުނު ދެވަނަ މެޗުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ޕޮލިސް ކުލަބުން ކަމިޔާބުކުރީ ސްޕޯޓްސް ކުލަބު ގުޑީސް އާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

މިމެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 20-25، 19-25 އަދި 20-25 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ޖާޒީ ނަމްބަރު 16 މުހައްމަދު ޝާއިން އެވެ.

މި އޮގަސްޓް މަހުގެ 4 ން 12 އަށް ކުރިއަށްދާ ޤައުމީ ވޮލީބޯޅަ ލީގު ފުރަތަމަ ޑިވިޝަންގެ ފުރަތަމަ ބުރުގައި ޕޮލިސް ކުލަބުން ކުޅުނު ފުރަތަމަ މެޗާއި ދެވަނަ މެޗްވެސް މި ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފަ އެވެ.

ޕޮލިސް ކުލަބު ކުޅޭ ތިން ވަނަ މެޗުގައި މި މަހުގެ ނުވަ ވަނަ ދުވަހު ނުކުންނާނީ ސްޕޯޓްސް ކުލަބު ސިޓީ އާ ދެކޮޅަށެވެ. މި މެޗުގެ ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ރޭ 8:30 ގައެވެ.