ބަނގުރާ ކައްކަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި މާލޭގެ ގެއަކުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މއ. ކާމިނީގެ ހުޅަނގުގެ ބަލައި ފާސްކުުރުމުގެ ތެެރޭގައި 50 އަހަރުގެ ސްރީލަންކާގެ ރައްޔިތެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ގޭތެރެއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ހަންތަކެއް ފެނިފައިވާ ކަމަށާއި އެތަކެތި ފެނިފައި ވަނީ އޭގެގައި ކުއްޔަށްދީފައި ހުރި ބައެއްގެ ތެރެއިން ވެސް ފުލުހުން ބުންޏެވެ.

އެ ގޭތެރެ ބަލައި ފާސްކުރުމުގެ ތެރޭގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން 20 ލީޓަރުގެ 19 ހަމާއި ފަސް ލީޓަރު އެއް ފުޅިއާއި 500 އެމްއެލްގެ 14 ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެތަކެތީގެ މަގުމަތީ އަގެއްގެ ގޮތުގައި 32،000 ރުފިޔާ އަރާނެ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެ ގޭތެރެ ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި 46 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެމީހާ ދިރިއުޅޭ ކޮޓަރި ތެރެއިން ބްލެޓްސައިޒްގެ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.