ޕީޕީއެމްގެ ސްޕޯކްސްޕާސަންގެ މަގާމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މިއަދު އިސްތިއުފާދެއްވައިފި އެވެ.

މަހުލޫފް މިއަދު ކުރައްވާފައިވާ ޓުއިޓެއްގައި ވިދާޅުވެފައިވަނީ އޭނާ ޕީޕީއެމްގެ ސްޕޯކްސްޕާސަން ކަމުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށާއި މަގާމުން އިސްތިއުފާދެއްވީ ޕީޕީއެމުން އެދިގެން ކަމަށެވެ.



ޕީޕީއެމްގެ ސްޕޯކްސާޕާސަން ކަމުގެ މަގާމު ކުރިން ވެސް އަދާކުރައްވަމުން ގެންދަވަނިކޮށް ރިޔާސީ އިންތިހާބުގެ ތެރޭގައި މަހުލޫފު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަމިއްލަފުޅަށް އެފަހަރު އިސްތިއުފާ ދެއްވި ނަމަވެސް އަލުން އެމަގާމާ އޭނާ ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖުލައިގަ އެވެ.