05 Aug 2014, 13:26
ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މ. ޔާޒޫމް ޔާސީން އަހްމަދުގެ މައްޗަށް އެ ހުކުމްކޮށްފައި ވަނީ އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 10:45 އެހައިކަންހާއިރު ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރުމުންނެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ މާލޭ އޮޕްޓިކަލް ފިހާރަތެރޭގައި އޭނާ ހުއްޓައި ޕޮލިސް ކަސްޓޯޑިއަލަށް ގެންގޮސް ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އޭނާ އެކަމަށް އިންކާރު ކުރިކަން ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ.
"މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ކ. މާލެ، މ. ޔާޒޫމް ޔާސީން އަހްމަދު އެއް އަހަރު ދުވަހުގެ މުއްދަތައް ޖަލަށްލުމަށް ހުކުމްކޮށް މައްސަލަ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.