05 Aug 2014, 11:59
ކުރިން އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ (އައިއެސްއައިއެސް) އަދި މިހާރު އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނަމުގައި ހަރަކާތްތެރިވާ އިރާގުގެ ހަނގުރާމަވެރި ޖަމާއަތުން ލުބުނާނުގެ ރަށެއް ހިފައިފި އެވެ.
ސޫރިޔާއާއި އިރާގުގެ ބޮޑުބައެއް ކޮންޓްރޯލްކުރަމުން އަންނަ އައިއެސް އިން ލުބުނާނުގެ އަރުސަލް ނަމަކަށް ކިޔާ ރަށް ހިފީ މިދިޔަ ހުކުރުދުވަހުން ފެށިގެން ލުބުނާނު ސިފައިންނާ ކުރި ހަނގުރާމައިގައި ކަމަށް ދަވަޔަރްޑޮޓްކޮމް އިން ބުންޏެވެ.
އެ ނޫހުން ބުނީ ގާތްގަނޑަކަށް 40000 މީހުންގެ އާބާދީއެއް އޮންނަ އަރުސަލްގައި އައިއެސް އިން މިހާރު ޗެކްޕޮއިންޓްތައް ވެސް ގާއިމްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ރަށަކީ އެ މީހުން އުފައްދާފައިވާ ދައުލަތުގެ ބައެއް ކަމަށް އަދި އިއުލާން ނުކުރާ ކަމަށް ވެސް ބުންޏެވެ.
އަރުސަލްގެ 40000 ވަޒަންވެރިންގެ އިތުރުން އެރަށުގައި 120،000 ރެފިއުޖީން ވެސް ދިރިއުޅެއެވެ.
އައިއެސް އިން މިދިޔަ ޖުލައިމަހު ދައުލަތެއް އިއުލާންކުރީ އިރާގުގެ ދެވަނައަށް އެންމެ ބޮޑު ޝަހަރުކަމަށްވާ މޫސަލް އާއި ސޫރިޔާގެ ރައްގާ ވެސް ހިފުމަށް ފަހުގައެވެ.