ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރުގައި ދިވެހި ސިފައިންގެ ކްލަބު ކުޅުނު ފުރަތަމަ މެޗް، ސްޕޯޓްސް ކްލަބު ގުޑީސްއާއި ބައްދަލުކޮށް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓް ދިވެހި ސިފައިން ކްލަބުން ގެންދިޔައީ 5-25 ޕޮއިންޓުންނެވެ. އަދި ދެވަނަ ސެޓް 22-25 އިން ގެންދިޔައިރު ތިންވަނަ ސެޓް ގެންގޮސްފައިވަނީ 19-25 ޕޮއިންޓުންނެވެ.

ރޭގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ އިސްމާއީލް ސާޖިދެވެ.

މި މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބު ކުޅޭ މެޗެއް ދެން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ އެވެ. އެ މެޗްގައި ބައްދަލުކުރާނީ ސްޕޯޓްސް ކްލަބު ސިޓީއާއި ދިވެހި ސިފައިން ކްލަބެވެ.

މި އަހަރުގެ ގައުމީ ވޮލީ ބޯޅަ ލީގުގައި ވާދަކުރަނީ ޖުމްލަ ފަސް ޓީމެވެ. އެއީ ސިފައިންގެ ކުލަބާއި ގުޑީސް އާއި ޔޫތު ސްޕޯޓްސް ކުލަބާއި ޕޮލިސް ކުލަބް އަދި ސްޕޯޓްސް ކުލަބް ސިޓީ އެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުލަބް ޕީކޭ މިފަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.