04 Aug 2014, 17:14
ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހިމް ހުށަހަޅުއްވާފައިވާ، އޮޑިޓް ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 55 މެންބަރުންނެވެ. އަދި ދެ މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެެވެ. އެބިލު މަޖިލީހަށް ބަލައިގަތުމާއިގުޅިގެން އިތުރަށް ދިރާސާކުރެއްވުމަށް ވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވާފަ އެވެ.
ސަރުކާރުގެ ފަރާތުން ބިލް ހުށަހަޅުއްވަމުން ތުލުސްދޫ ދާއިރާގެ މެންބަރު ،ުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ އޮޑިޓް ގާނޫނު އިސްލާޙް ކުރަން ސަރުކާރުން ހުށަހަލަނީ އެ ގާނޫނުަކީ ގާނޫނުއަސީސާއަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރަން ފަށާފައިވާ ގާނޫނެއް ކަަމެށްވާތީ އެ ގާނޫނުގެ ބައެއް މާއްދާތަކަކީ ގާނޫނުއަސާސީގެ ހަތް ވަނަ ބާބުގައި ބުނާ އޮޑިޓާޖެނަރަލްގެ މަސްއޫލީއްޔަތުތަކާއި ވާޖިބްތަކާއި ފުށުއަރާ މާއްދާ ތަކެއް ކަމަށް ވާތީ ކަަމަށެވެ.
މިއަދުގެ ޖަލްސާގައި އެ ބިލަށް ޖުމްލަ ފަސް މެންބަރުން ބަހުސްކުރައްވާފައިވެއެވެ. މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ.
މީގެއިތުރުން ނުނިމިހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދަވާފައިވެއެވެ. މިބިލަށް ޖުމްލަ 34 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.