04 Aug 2014, 00:56
މާލޭގައި ސިލްސިލާ މާރާމާރީތައް ހިންގައި، އިތުރު މާރާމާރީތައް ހިންގަން ރާވާ ކަމުގެ ތުހުމަތުގައި އެއް ގެއަކުން ހަތަރު މީހަކު މިރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.
ސިލްސިލާ މާރާމާރީ ހިންގާ ކަމުގެ ތުހުމަތުގައި ބަޔަކު މިރޭ ހައްޔަރު ކުރީ މަޖީދީ މަގާއި މާވެޔޮ މަގާ ގުޅޭ ސަރަހައްދުގައި ހުންނަ ގޯޅިގަޑެއްގެ ތެރޭގައި ހުންނަ އިމާރާތަކުންނެވެ. މިރޭ ހައްޔަރު ކުރި މީހުންނަކީ ޖިނާއީ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ބައެކެވެ.

މާރާމާރީ ހިންގައި ރާވާ ކަމުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރި ގޭގެ ތެރެއިން ހޯދި ކަތިވަޅި -- ފޮޓޯ/ ޕޮލިސް
ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރު ކުރީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާރާމާރީ ހުއްޓުވުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގެ ދަށުން ކަމަށެވެ. ފުލުހުން ބުނީ އެ މީހުން މިރޭ ހައްޔަރު ކުރި ތަނަކީ މާރާމާރީ ހިންގަން ގެންގުޅޭ އާލާތްތައް ފޮރުވައި "ފިލަން ވަންނަން ހާއްސަ" ކޮށްފައި ހުރި ތަނެއް ކަމަަށެވެ.
ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކުރި މީހުން ދިރިއުޅޭ އިމާރާތުގެ ތެރެއިން ކަތިވަޅިއަކާއި މޫނު ނިވާކުރަން ގެންގުޅޭ އާލާތްތަކުގެ އިތުރުން މަސްުވާތަކެތި ވެސް ފެނިފައިވެ އެވެ.

މާރާމާރީ ހިންގައި ރާވާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ގޭގެ ތެރެއިން ފުލުހުން ހޯދި މޫނު ނިވާކުރަން ބޭނުންކުރާ ހުޑް