03 Aug 2014, 13:25
ފ. ބިލެއްދޫ ފަޅުތެރޭގައި އޮތް ދޯންޏަކުން ފެހިކަހަން މޫދަށް ފޭބި މީހަކު މަރުވެއްޖެ އެވެ.
ބިލެތްދޫ ކައުންސިލުގެ ނައިބް ރައީސް އަހުމަދު ފަވާޒް "ސަން" އަށް ވިދާޅުވީ، މިއަދު ހެނދުނު ފަޅުތެރޭގައި އޮތް ދޯންޏަކުން ފެހިކަހަން ފައިބައިގެން އުޅެނިކޮށް މަރުވެފައިވަނީ އެރަށު، ޝަބްނަމްގޭ، މުހައްމަދު ނާފިޒް،30، ކަމަށެވެ. ހިތުގެ މައްސަލައެއް ހުންނަ އެމީހާ މަރުވެފައިވަނީ ހިތް ހުއްޓިގެން ނުވަތަ ސްޓްރޯކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.