ޏ.ފުވައްމަލުގެ މާލެ ގަމާއި ފުނާޑާއި ދޭތެރޭ އޮންނަ ޗަސްބިމުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ހުސައިން އަލީ ވިދާޅުވީ، ސިފައިންނާއި އާންމުން ގުޅިގެންކުރި މަސައްކަތުން އެތަނުގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިރޭ 7:30 ހާއިރު ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ ހަވީރު 05:45 އެހައިކަށްހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

ޗަސްބިމާއި އެތަނުގައި ހުރި ކަށިކެޔޮ ގަސްތަކުގައި ވަރަށް ބޮޑަށް ރޯވިއިރު، އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިިބިފައެއް ނުވެއެވެ. އަދި އެހާދިސާ ހިގަން މެދުވެރިވި ފުލުހުން އަންނަނީ ބަލަމުންނެވެ.