02 Aug 2014, 22:13
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ހަތަރު ޓީމް ކަށަވަރު ވެއްޖެ އެވެ.
ސެމީ ފައިނަލަށް ދަތުރު ކުރި ހަތަރު ޓީމް ކަށަވަރުވީ މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް މެޗްތަކަށް ފަހު އެވެ.
މުބާރާތުގެ ސެމީއަށް ދަތުރު ކޮށްފައިވާ ހަތަރު ޓީމަކީ ރިއަލް އައިލެންޑް އާއި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން އާއި އދ.ކުނބުރުދޫ ބަށި ޓީމް އަދި ވިދުވަރު ބަށި ޓީމެވެ.
މިއަދު ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗު ރިއަލް އައިލެންޑް ކާމިޔާބުކުރީ ރަންކަނި އާއި ވާދަކޮށް 33 ލަނޑު ސުން ފޯލިންނެވެ. ކުއާޓާ ފައިނަލްގެ ދެވަނަ މެޗު ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުން ކާމިޔާބުކުރީ 37 ލަނޑު ސުން ފޯލިންނެވެެ. ތިން ވަނަ މެޗު އދ. ކުނބުރުދޫ ބަށި ޓީމުން ކާމިޔާބުކުރީ ކ. ދިއްފުށީ ކުރަނގި ބަށި ޓީމާއި ވާދަކޮށް 36 ލަނޑު ހަތަރު ފޯލިންނެވެ. ކުއާޓާގެ އެންމެ ފަހު ޖާގަ ވިދުވަރު ޓީމުން ހޯދީ ގުލްސަންޕާ އާއި ވާދަކޮށް 40 ލަނޑު ހަތް ފޯލިންނެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މާދަމާ މެންދުރު ފަހު 3:30ގައި ބާއްދަލުކުރާ ދެ ޓީމަކީ ރިއަލް އައިލެންޑް އާއި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމެވެ. ސެމީގެ ދެވަނަ މެޗުގައި ހަވީރު 4:30 ގައި ބައްދަލުކުރާ ދެޓީމަކީ އދ. ކުނބުރުދޫ ބަށި ޓީމްް އާއި ވިދުވަރު ބަށި ޓީމެވެ.
މި މުބާރާތުގައި ޖުމްލަ 16 ޓީމަކުން ބައިވެރިވެފައިވާ އިރު، ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.