02 Aug 2014, 19:43
ތ. ވިލުފުށި، ހުވަނދުމާގެ، މަރްޔަމް ނަފްހާ ނާޞިރު،15، ގެއްލިގެން ހޯދަމުން ދަނިކޮށް މަގުމަތިން އެކުއްޖާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ، އެކުއްޖާ ފެނިފައި ވަނީ މިއަދު މެންދުރު 3:30 ހާއިރު އިސްލާމިކް ބޭންކް ކައިރިން ޢާއިލާގެ މީހަކަށެވެ. އޭނަ ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އޭނާ ދިޔަ ވަކި ތަނެއް ނޭނގި ގެއްލިފައިވަނީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 12:30 އެހައިކަންހާއިރު ކަމަށާއި އާއިލާއިން ކުރި މަސައްކަތުން ނަފްހާ ފެނިފައިނުވާތީ އޭނާ ހޯދުމަށް ފުލުހުންނަށް ހުށަހަޅާފައިވަނީ އޭގެ ދެ ދުވަސް ފަހުން ކަމަށެވެ.