13 Jan 2011, 17:26
މާލެއިން މުދާ ބަރުކޮށްގެން ށ. އަތޮޅަށް ދަތުރު ކުރި ދޯނިން ކަނޑަށް ވެއްޓި ލެއްލުނު ބިދޭސީ މީހާ ނ. ކުރަމައިދޫ ސަރަހައްދުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ މިދޔަ އަންގާރަ ދުވަހު މާލެއިން މުދާ ބަރުކޮށްގެން ށ. އަތޮޅަށް ދަތުރު ކުރި "ހަމްދު" ދޯނިން ކަނޑަށް ވެއްޓި ގެއްލުނު ބިދޭސީ މީހާ ފެނުނީ އޭނާ ވެއްޓުނު ކަމަށް ދޯނީގެ ކެޕްޓަން ބުނި ނ. ކުރަމައިދޫ ސަރަޙައްދުގެ ކަނޑުގެ41 މީޓަރު އަޑިން ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު މެންދުރު ފަހު ތިނެއް ޖަހާ އެހާކަންހާއިރު ފެނުނު އެ ބިދޭސީ މީހާ މިހާރު ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޯސްޓްގާޑުން އެ މީހާ ނަގާފައިވާ ކަމަށެވެ.
ށ. ވަނގާރަށް ދަތުރުކުރަމުން ދިޔަ "ހަމްދު" ދޯނިން ބަނގުލަދޭޝްގެ މަސައްކަތު މިހާކު ކަނޑަށް ވެއްޓި ގެއްލިފައި ވަނީ އިއްޔެ މެންދުރު ފަހު އެކެއް ޖަހާ އެހާކަން ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.