ޏ. ފުވައްލަކު މެދުގައި އޮންނަ ބަންޑާރަ ކުޅީގެ ދޫނިގަމާ ވީކޮޅު ޗަސްބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ހުސައިން އަލީ ވިދާޅުވީ ޗަސްބިމާއި އެތަނުގައި ހުރި ކަށިކެޔޮ ގަސްތަކުގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށާއި ސިފައިންނާއި އާންމުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދުގެ ބޮޑުބައެއް އަނދަމުން އަންނަ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.