02 Aug 2014, 12:20
ވައިގެ މަގުން އައްޑޫ ސިޓީ އަށް އެތެރެ ކުރި ހަތްލައްކަ އަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި އުމުރުން 23 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހައިދިނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން އޭނާގެ ތަހުގީގު ކުރިއަށް ގެންދިއުމަށް މުއްދަތު ޖަހައިދީފައިވާ ކަމަށެވެ.
އޭނާގެ މުއްދަތުކުރިން އިތުރުކޮށްފައި ވަނީ ޖުލައި 17 ވަނަ ދުވަހު އެވެ.
ޕޮލިސް އިންޓެލިޖެންސާއި އައްޑޫ ސިޓީ ގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ޖުލައި 16 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަންގައި 23 އަހަރުގެ ފިރިހެން މީހާ ހައްޔަރު ކޮށްފައި ވަނީ އެ ދުވަހުގެ 12:30 ހާއިރު އެވެ.