13 Jan 2011, 17:06
ސޮނީ ހާޑްވެއާގެ ގުރު ދިމާކުރި މީހާ އާ އެއް މިލިއަން ރުފިޔާ ހާވާލުކޮށްފި އެވެ.
ސޮނީ ހާޑްވެއާ އިން ހިންގި އެއް މިލިޔަން ރުފިޔާގެ ލަކީ ޑުރޯގެ ގުރުއަތުން ހޮވުނު ކޫޕަން ދިމާކޮށްގެން އެ ފައިސާ ހޯދީ އދ. ހަންޏާމީދޫ ބުލޫހެވަން އަބްދުއްސަލާމް،22، އެވެ. ސޮނީ ހާޑްވެއާ އިން މިއަދު ބުނީ ނަގުދު ފައިސާގެ ގޮތުގައި އެ ފައިސާ އޭނާ އާ ހަވާލުކުރީ ނަސަންދުރަ ޕެލެސް ހޮޓަލުގައި ރޭ ބޭއްވުނު ހާއްސަ ހަފްލާއެއްގައި ހަމަށެވެ.
ވިޔަފާރީގެ ޕުރޮމޯޝަނެއްގައި ރާއްޖެގައި ދެވޭ އެންމެ އަގުބޮޑު އިނާމާ އެކު ސޮނީހާޑްވެއާ އިން އެއް މިލިއަން ރުފިޔާގެ ޕުރޮމޯޝަން ކުރިއަށް ގެންދާ މިއީ ދެ ވަނަ ފަހަރެވެ. އެގޮތުން 2008 ވަނަ އަހަރު އެއް މިލިއަން ރުފިޔާ ލިބުނީ ޕަބްލިކް ވޯކްސްގެ ސީނިއާ ސުޕަވައިޒަރެއްގެ މަގާމުގައި ހުންނެވި އުމުރުން 28 އަހަރުގެ މުހަންމަދު ރިޝާން އިލްޔާސް ، މ. ނަކާ އަށެވެ.
މިދިޔަ 2010 ވަނަ އަހަރުގެ ޖުލައި 15 އިން ޑިސެމްބަރު 15ގެ ނިޔަލަށް ސޮނީ ހާޑްވެއާ އިން ކުރިއަށް ގެންދިޔަ އެ ޕުރޮމޯޝަންގައި ސޮނީ ހާޑްވެއާގެ ފިހާރަތަކުން 200ރ. އިން މަތީގެ ވިޔަފާރިއެއް ކުރި ކޮންމެ ފަރާތަކަށް ވެސް ކޫޕަނެއް ދިނެވެ. މިފަހަރުގެ ޕްރޮމޯޝަންގައި އެކި ދުވަސް މަތިން އެ އަދަދު ހަމަކޮށްގެން ކޫޕަން ހޯދުމުގެ ފުރުސަތު ވެސް އޮތެވެ.