02 Aug 2014, 12:09
އިސްރާއީލުގެ ޖަރީމާތަކުގައި ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތައް އިސްނަގައިގެން ބާއްވާ ޓެލެތޯން ހަރަކާތަށް ޚިދުމަތާއި ތަކެތީގެ ގޮތުން އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
"ހެލްޕް ގާޒާ މޯލްޑިވްސް ޓެލެތޯން" އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މީޑިއާތައް ގުޅިގެން ބާއްވާ ޓެލެތޯންގެ ހަރަކާތައް ޚިދުމަތާއި ތަކެތީގެ ގޮތުން އެހީތެރިވެދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެހީތެރި ވެދެއްވުމަށް ބަޔާންކޮށް "ހެލްޕް ގާޒާ" ޓެލެތޯނަށް ފެކްސް ނުވަތަ އީމެއިލް ކުރެއްވުމަށް "ހެލްޕް ގާޒާ މޯލްޑިވްސް ޓެލެތޯން" އިން ވަނީ އިލްތިމާސްކޮށްފަ އެވެ. ފެކްސް ކުރަން ޖެހޭ ނަންބަރަކީ 3315384 އެވެ. އަދި އީމެއިލް އެޑްރެހަކީ[email protected]އެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، 7773305 ނަންބަރަށެވެ.