13 Jan 2011, 16:35
ފުލުހުންނަށް ފިލައިގެން އުޅުނު ދިވެއްސަކު ބިދޭސީން ދިރިއުޅޭ ކޮޓަރިއެއްގެ ތެރޭގައި އޮއްވައި އަތުލައިގެންފި އެވެ.
ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ ދިވެހި މީހާ ހައްޔަރުކުރީ ރޭ ޖަމާލުއްދީން ސްކޫލް ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަމުން ދިޔަ ފުލުހުންނަށް ފިލަން ވެގެން ދުވެފައި ގޮސް ލޮނުޒިޔާރަތް މަގުގައި ހުންނަ ގ. ގަލޮޅުފެހިގެއަށް ވަދެ ފިލާ އޮއްވަ އެވެ.
މި ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި ސަންގެ ނޫސްވެރިން ތިއްބެވެ. ފިލައިގެން އުޅޭ މީހާ މަގުމަތިން ތިން ފުލުހަކަށް ފެނިގެން، އެއީ ކާކުތޯ ބެލުމަށްޓަކައި އޭނާގެ ފަހުތުން ގޮސް އޭނާ ވަން ގަލޮޅު ފެހި ފާސް ކުރި އިރު އިރު، އެ މީހާ ފެނުނީ އެ ގޭ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީން ތަކެއްގެ ތެރޭގައި އޮއްވަ އެވެ.ލ
ފުލުހުން ބުނީ ކުށުގެ ރިކޯޑްތައް އޮންނަ މީހަކު ރޭ 8:30 އެހާކަން ހާއިރު، ގ. ގޮލޮޅުފެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކާކު ކަމެއް ފުލުހުން ނުބުނެ އެވެ.