01 Aug 2014, 13:14
އައްޑޫ ސިޓީ ފޭދޫގައި ރޭ ހިނގި މާރާމާރީއެއްގައި އަށް ބިދޭސީއަކަށް އަނިޔާކޮށް، ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ސ. ފޭދޫގައި ރޭ 11:45 އެހާކަންހާއިރު މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މާރާމާރީގައި ޒަހަމްވި އެންމެން ވެސް ފޭދޫ ސިއްހީ މަރުކަޒަށް ރޭ ގެންގޮސްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ސ. ފޭދޫ ސިއްހީ މަރުކަޒުން ބުނީ، ރޭ ހިނގި މާރާމާރީގައި އެ ސިއްހީ މަރުކަޒަށް ގެނައި އަށް މީހުންގެ ތެރެއިން ހަތް މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެކަކު އިތުރު ޓެސްޓުތަކެއް ހެދުމަށްޓަކައި ހިތަދޫ ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށްވެސް ފޭދޫ ސިއްހީ މަރުކަޒުން ބުންޏެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާގޮތުގައި، ރޭ އައްޑޫގައި ހިނގި މާރާމާރީ އަކީ ކުރިން ހިންގާފައި އޮތް ވައްކަމަކާއި ގުޅިގެން ހިންގި މާރާމާރީ އެކެވެ.