10:00


ގޭގެއަށް އެންމެ އަވަސް ސްޕީޑްގެ ބްރޯޑްބޭންޑް އިންޓަރނެޓް ހިދުމަތް ދިރާގުން ތައާރަފްކޮށްފި އެވެ.


ދިރާގު މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރ މުހައްމަދު މިރުޝާން ހުސައިން އިއްޔެ ވިދާޅުވީ ދިރާގުން އަލަށް ތައާރަފް ކުރި 10 އެމްޕީބީއެސް ބްރޯޑްބޭންޑް ދެ ޕެކޭޖުގެ ތެރޭގައި ވިޔަފާރި ކުންފުނިތަކާއި އަމާޒުކޮށްގެން ތައާރަފް ކޮށްފައިވާ "ބިޒް ޕްރިމިއަރ 10އެމް" ގެ ޕޭކޭޖަކާއި އެންމެ އަވަސް ސްޕީޑްގެ ބްރޯޑްބޭންޑް "ހޯމް ޕްރިމިއަރ 10އެމް"ގެ ޕޭކެޖެއް ހިމެނޭ ކަމަށެވެ. އަދި އަލަށް ތައާރަފްކުރި ބްރޯޑްބޭންޑް އިންޓަރނެޓް ޕެކޭޖްތަކުގެ އަގުތައް ހެޔޮވެފައި، އެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް އިތުރު އެލެވެންސްތައްވެސް ލިބޭނެ ކަމަށްވެސް މިރުޝާން ވިދާޅުވި އެވެ.


މިރުޝާން އިތުރަށް ވިދާޅުވީ ގޭބިސީތަކުގެ 70 ޕަސެންޓަކީ ދިރާގުގެ ބްރޯޑްބޭންޑް އިންޓަނެޓް ބޭނުންކުރާ ފާރާތްތަށް ކަމަށްވާއިރު، އެ ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބާއެކު، އެ ހިދުމަތުގެ ފެންވަރު ރަގަނޅު ކުރުމަށް އަބަދުވެސް ދިރާގުން ވިސްނާ ކަމަށެވެ.