ލޯކަލް ކައުންސިލް އިންތިހާބުގައި ރ. ރަސްމާދޫ ކައުންސިލަށް އެމްޑީޕީން ކުރިމަތިލެއްވި ކެންޑިޑޭޓެއްގެ ނަން އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފި އެވެ.
ކޮމިޝަނުން ބުނީ ރ. ރަސްމާދޫ ރަށު ކައުންސިލު މެންބަރު ކަމަށް ކުރިމަތިލެއްވި އެރަށު ޗަންޕާގޭ އަލީ އާމިރުގެ ނަން ބާތިލު ކުރީ ލޯކަލް ކައުންސިލް އިންތިހާބުގެ 12 ވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަ ނުވާތީ ކަމަށެވެ.
އަދި ބުނީ އާމިރު ގެ ނަން ބާތިލުކުރީ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން ކޮމިޝަނަށް އޭނާގެ މައްސަކަ ފޮނުވުމުން އެކަން ކޮމިޝަނުން ބެއްލެވުމަށް ފަހު ކަމަށެވެ. އެއީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.