Last Updated:
1 decade 1 year ago

އިސްރާއީލު ޓޫރިސްޓުނާ ދެކޮޅަށް ނުކުތް މީހުން ފުލުހުންގެ ސަފު ފޫއަޅުވާލައިފި

    ބުލޮގު ޚުލާސާ
    ކ. ތުލުސްދޫ ރާޅާ އަޅާ ސަރަހައްދުގެ ރުށްތަކެއްގައި އިސްރާއީލާ ދެކޮޅަށް ހަރުކޮށްފައި ހުރި ބޯޑެއް، އެ ރަށަށް ގޮސް ތިބި އިސްރާއީލުގެ ޓޫރިސްޓުންތަކެއް ހަލާކުކޮށްލި މައްސަލާގައި އެ މީހުންނާ ދެކޮޅު ހެދުމަށް އެ ރަށަށް އެރި ބަޔަކު ފުލުހުން ހައްޔަރު ކުރުމުން މިރޭ މެންދަމު މާލެ ތެރެ "ހަލަބޮލިކޮށްލައިފި" އެވެ.

    ސުނާމީ ބިނާ ސަރަހައްދުން މިރޭ މެންދަމު އެކެއް ޖެހިފަހުން ފެށި މުޒާހާރާގައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ ގ. ދޫވެހި ކައިރިއަށް އެއްވެ، އަޑުގަދަކޮށްފައިވެ އެވެ. ސައިކަލުތަކުގައި މާލެ ތެރޭގައި ދުއްވަމުންދާ މީހުން ވަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކައިރިއަށް ވެސް ޖަމާވެ، ތުލުސްދޫއިން ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ގޮވާލާފަ އެވެ.

    އިސްރާއީލު ޓޫރިސްޓުން ހައްޔަރުކޮށް، ތުލުސްދޫއިން ހައްޔަރު ކުރި މީހުން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކުރާ މީހުން ވަނީ ފޮރިން މިނިސްޓްރީ ކައިރީއަށް އެއްވެ، އިސްރާއީލުގެ ދިދަ އަންދާލާފަ އެވެ. އަދި ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ކޮށި ކައިރިއަށް އެއްވެ، ފުލުހުނާ ދެކޮޅަށް އެ މީހުން ވަނީ އަޑު އުފުލާފަ އެވެ.

    އިސްރޭލު ޓޫރިސްޓުން ރާއްޖެ އައުން ހުއްޓުވާލުމަށް ގޮވާލައި އަޑުއުފުލި މުޒާހަރާގައި އިސްލާމިކް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. ޝަހީމް އަލީ ސައިދު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް ވެސް އެއްވެ، އެތަނުގައި ވެސް ވަނީ އިސްރާއީލުގެ ދިދަ އަންދާލާފަ އެވެ.

    03:59

    ތުލުސްދޫއަށް ދިޔަ މީހުން އެނބުރި މާލެ އައުމާއެކު މުޒާހަރާ ހުއްޓާލައިފި. އިސްރާއީލުގެ ޓޫރިސްޓުންނާ ދެކޮޅަށް އަދިވެސް މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު އެ މީހުން ވަނީ ދީފައި.
    03:05

    މުޒަހަރާގެ ބައިވެރިން ރަސްމީ ފާލަން ކައިރިއަށް ޖަމާވެފައި ތިބީ، އެ މީހުންގެ ތެރެއިން ތުލުސްދޫއަށް ދިޔަ މީހުން އެނބުރި މާލެ އަންނާތީ، އެ މީހުންނަށް މަރުހަބާ ކިޔަން. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުން ތުލުސްދޫއަށް އެރި މީހުން ހައްޔަރު ކުރުމަށްފަހު ވަނީ ދޫކޮށްލާފައި.

    ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހުން ހައްޔަރު ނުކުރާ ކަމަށާއި އެ މީހުން ފުލުސް އޮފީހަށް ހާޒިރު ކުރީ "ކަންތައްތަކެއް" އޮޅުން ފިލުވާލަން ކަމަށް.

    02:38

    މުޒާހަރާގެ ބައިވެރިން މިހާރު ތިބީ ރަސްމީ ފާލަން ކައިރިއަށް ޖަމާވެފައި. އެ މީހުން ތިބި ސަރަހައްދަކީ އެއްވެ އުޅުން މަނާ ސަރަހައްދެއް.

    ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި މުޒާހަރާ ކުރުން މަނާ ސަރަހައްދުގެ ތެރޭގައި ހިމެނޭ ގިނަ ސަރަހައްދަކަށް މިރޭގެ މުޒާހަރާގެ ބައިވެރިން ވަނީ އެއްވެ މުޒާހަރާކޮށްފައި.

    02:35

    ބޮޑުތަކުރުފާނު މަގުން ޖުމްހޫރީ މައިދާނު ސަރަހައްދުން މަގު ބަންދުކޮށްފައިވަނިކޮށް މުޒާހަރާގެ ބައިވެރިން ފުލުހުންގެ ލައިން ފަޅާލައިފި. ނަމަވެސް އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ