ފިތުރު އީދުގެ މުނާސަބަތުގައި ރައީސް އޮފީހުން ބޭއްވި ކުޑަކުދިންގެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި އެވެ.

މިއަދު ހަވީރު 4:30 އިން އިރުއޮއްސި 6:00 އަށް ސަލްޓަންޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީނާއި އެމަނިކުނާފުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ ވަނީ މިއަދު ކުރިއަށްދިޔަ ކުޅިވަރުތައް ބައްލަވާލައްވައިފަ އެވެ.

ރައީސްގެ ދެކަނބަލުން ވަނީ އެ ހަވީރުގައި ބައިވެރިވި ކުޑަކުދިންނާ ބައްދަލުކުރައްވައި އެކުދިންގެ ހާލުއަހުވާލު ބައްލަވާފަ އެވެ.

އެ ހަވީރުގައި ކުޑަކުދިންނާ ގުޅޭ ތަފާތު ކުޅިވަރުތަކާއި ލަވަ ކިއުމުގެ އިތުރުން އެހެނިހެން ހަރަކާތްތައްވެސް ވަނީ ބާއްވާފަ އެވެ. އަދި އެމްއެންޑީއެފް ބޭންޑުން ވަނީ ސަގާފީ އައިޓަމްތަކެއް ވެސް ހުށަހަޅާ ދީފައެވެ.