Last Updated: 1 decade 1 year ago
"ސަން"އަށް އެނގިފައިވާ ގޮތުގައި ތުލުސްދޫގައި ތިބި އިސްރާއީލުގެ ޓޫރިސްޓުން ފުރުވާލުމުގެ މަސައްކަތް ފެށީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ މީހުންނަށް "ނުރައްކާވެދާނެ" ކަމަށް ބެލެވޭތީ އެވެ.
ތުލުސްދޫ އިރުމަތީ ފަރާތު ރާޅާ އަޅާ ސަހައްދުގެ ރުށްތަކެއްގައި ހަރުކޮށްފައި ހުރި ބޯޑުތަކެއް އެ މީހުން ހަލާކުކޮށްލި މައްސަލަ ހޫނުވުމާ އެކު، އެސްއޯގެ ފުލުހުންގެ ޓީމެއް ވަނީ ތުލުސްދޫ އަށް އަރައި އަމަން ބަލަހައްޓަން ފަށާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "ސަން"އަށް ވިދާޅުވީ އިސްރާއީލް ޓޫރިސްޓުންނާ ދެކޮޅަށް ތުލުސްދޫގައި ހަރަކާތްތެރިވާ އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް ތަފާތު އެކި ބޭނުންތަކުގައި މީހުން ހާޒިރު ކުރަމުންގެންދާނެ ކަމަށެވެ. އަދި އެގޮތަށް ފުލުހަށް މީހުން ހާޒިރު ކުރުމަކީ ހައްޔަރު ކުރުން ނޫން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"ތުލުސްދޫގައި ތިބި ޓޫރިސްޓުންގެ ރައްކަލަކަށްޓަކައި އެ ރަށުގައި ތިބި ފުލުހުންގެ އަދަދު ވާނީ އިތުރުކޮށްފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ އެހީތެރިކަމާއެކު އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ރަށުން ފުރުވާލުމަށް ފުލުހުން ހަރަކާތްތެރިވާ ކަމަށް އޭނާ ވިދާޅުވި.
ރަށުގައި ބިރުވެރިކަމެއް ނެތް. އެކަމަކު ޓޫރިސްޓަކަށް ގެއްލުމެއް ލިބިގެން ދިއުމަކީ އަޅުގަނޑުމެން ދިވެހިނަށް ލިބޭނެ ގެއްލުމެއް. އެފަދަ ކަމެއް ދިމާވެދާނެތީ ރައްޔިތުން ދެރަވޭ
އެއްވެސް މީހަކު ހައްޔަރެއް އަދި ބަންދެއް ވެސް ނުކުރަން. ރަށަށް އެރި ބަޔަކު އަދި ރަށުގައި ތިބި ބަޔަކު ހާޒިރުކޮށްގެން ސުވާލު ކުރަމުން މިދަނީ. އެއީ ހައްޔަރު ކުރުމެއް ނޫން