މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހ. ވައިޖެހޭމަގުގައި ތޫނު އެއްޗަކުން ހަމަލާދީގެން އުޅޭ ކަމުގެ މައުލޫމާތެއް ފުލުހުންނަށް މިރޭ 8:40 ގައި ހުށަހެޅިފައިވާ ކަމަށެވެ. ހަމަލާ ދީފައި ވަނީ 19 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާގެ ބުރަކައްޓަށް ތޫނު އެއްޗެއް ހަރާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޒަހަމްވި މީހާއަށް ސިފައިންގެ ހޮސްޕިޓަލް ސެނަހިޔާގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.