ރާއްޖޭގެ 49 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މާދަމާ ހަވީރު 4:30 ގައި ފެށުމަށް ހަމަޖެހިފައިވާ އެ ޝަރަފުގެ ހިނގާލުން ފެށިގެން ދާނީ ބަންޑާރަ ކޮށި ސަރަހައްދުން ކަމަށެވެ.

ބަންޑާރަކޮށިން ނުކުމެގެން އަމީރު އަހްމަދު މަގުން އިރަށް ގޮސް، ސޯސަންމަގުން ދެކުނަށް އަޅައިގެން ގޮސް، މަޖީދީމަގުން އިރަށް ގޮސް، ބޮޑުތަކުރުފާނު މަގުން ދެކުނަށް ގޮސް، ސުނާމީ ބިނާކައިރިން ބޮޑުތަކުރުފާނުމަގުން ހުޅަނގަށް ގޮސް، ކަޅުތުއްކަލާކޮށްޓަށް ހިނގާލުން ނިންމާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ޝަރަފުގެ ހިނގާލުމުގައި ހެންވޭރު ދަނޑާއި، އުސްފަސްގަނޑާއި، "މޭރީ ބްރައުން" ކައިރީ މަޑުކޮށް ސިފައިންގެ ބޭންޑުގައި ހިތްގައިމު ރާގުތައް ކުޅޭނެ ކަމަށާއި އަދި އެ ހިނގާލުމުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.