ސިފައިންގެ ވަޒީފާއިން ވަކިކުރި ކާނަލް މުހައްމަދު ނާޒިމުގެ ވަޒީފާ އަނބުރާ ރުޖޫއަކޮށްފި އެވެ.
ދެހާސް ނުވަ ވަނަ އަހަރު ސިފައިންގެ ވަޒީފާއިން ވަކިކުރި ކާނަލް މުހައްމަދު ނާޒިމުގެ ވަޒީފާ އަނބުރާ ރުޖޫއަކުރީ ދާދި ދެންމެއަކު އެވެ.
ވަޒީފާއިން ވަކިކުރުމާ ގުޅިގެން ނާޒިމުގެ ފަރާތުން ސިވިލް ކޯޓަށް ދިއުމުން ކޯޓުން ބޭރުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް މަޝްވަރާތައް ކުރަމުން އަންނަތާ ދުވަސް ތަކެއް ވަނީވެފަ އެވެ.
ޑިފެންސް މިނިސްޓްރީއާއެކު އެކުލަވައިލެވުނު އެއްބަސްވުމެއްގެ ދަށުން ނާޒިމުގެ ވަޒީފާ މިއަދު އަނބުރާ ރުޖޫއަ ކުރީ އެނާ ދައުވާ ކުރި ގޮތާ އެއްގޮތަށް ވަޒީފާއިން ވަކިކުރި ދުވަސް ކަމަށްވާ މޭ 25، 2009 ން ފެށިގެންނެވެ.

ނާޒިމް ޝަރީއަތުގައި އެދިވަޑައިގެންފައި ވަނީ ވަޒީފާ އަނބުރާ ރުޖޫއަ ކުރުމަށާއި ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތަށް ދޭންޖެހޭ މުސާރައާ އިނާޔަތައް ޝަރީއަތުން ނަގައި ދިނުމަށެވެ.

ކާނަލްގެ ނާޒިމްގެ މައްސަލައިގެ މީޑިއޭޝަންގައި ނާޒިމްގެ ފަރާތްޕުޅުން މަސައްކަތް ކުރެއްވެވީ ރާއްޖޭގައި ފަހަކަށް އައިސް ދިމާވި ގާނޫނީ ބޮޑެތި ގިނަ މައްސަލަތަކެއްގެ ޝަރީއަތުގައި ކާމިޔާބު ހޯއްދަވާފައިވާ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. (ތަފުސީލު އަންނަނީ)